ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި މީހަކު ހައްޔަރުކޮށްފި
ތ. ވިލުފުށީގެ ކެފޭއަކަށް ސިހުރު ހަދައި އެތަނުގެ ކުރިމައްޗަށް އެއްޗެހިތަކެއް އެޅި މައްސަަލައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ކޯޓް އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކުރި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
ވިލުފުށީގެ ކެފޭއަކަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލަ ފެންމަތިވީ މި މަހުގެ 10 ވަނަ ދުވަހުގެ ރެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.