12 މާރިޗު 2025

Advertisement

ސްޓެލްކޯއިން ހުޅުމާލޭގައި ތެޔޮ ޓޭންކުތަކެއް ބަހައްޓަން ސޮއިކޮށްފި

10 މާރިޗު 2025

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ދެ ޓޭންކް ހެދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީ އާއި ސްޓެލްކޯ އާއި ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

Advertisement

މި އެއްބަސްވުން އެކުލާވާލާފައިވަނީ، ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާ މާލޭ ޕަވަރ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރާ ހުޅުމާލެ ޕަވަރހައުސް އެންކްސް 2 ގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކް ބެހެއްޓުމުގެ ބޭނުމުގަ އެވެ.

މިއީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާ މާލޭ ޕަވާ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ބަހައްޓާ ޓޭންކްތަކެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

Advertisement

ކޮމެންޓް