12 މާރިޗު 2025

Advertisement

މާލޭގެ މަގުތަކުން ފެން ހިންދަން ސިފައިން ނިކުމެއްޖެ

11 މާރިޗު 2025

މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނެޝެނެލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިގޮތުން މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 6 ޕަންޕު ބަހައްޓައިގެން ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ފެން ހިންދުމުގެ މަސައްކަތުގެ އިތުރުން، އާންމުންގެ މުދަލާއި ގޯތިގެދޮރު ރައްކާތެރިކުރުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައިވެސް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Advertisement

މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް މިރޭ 11 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

ކޮމެންޓް