ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން އަލް-އިއްތިހާދަށް
ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން 10 ވަނަ ފަހަރަށް އަލް-އިއްތިހާދުން ހޯދައިފިއެވެ.
ސައުދީ ޕްރޯ ލީގް އިއްތިހާދުން ކާމިޔާބުކޮށްފައިވަނީ ރޭ ރެލެގޭޓްވެފައިވާ އަލް-ރާއިދާ ދެކޮޅަށް ކުޅުނު މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އަލް-ރާއިދާއިންނެވެ. މެޗުގެ ކުރީކޮޅު 9 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އުމަރު ގޮންޒަލެސްއެވެ. އޭގެ ފަހުން އިއްތިހާދުން ވަނީ އެމީހުންގެ ކުޅުން ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އިއްތިހާދުން ވަނީ މެޗުގެ 21 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނީ ސްޓީވަން ބާގްވައިންއެވެ. އޭގެ ފަހުން ޑެނީލޯ ޕެރޭރާ އަދި އަބްދުއްރަޙްމާން އަލްއަބުދުގެ ލަނޑުތަކާއެކު ނަތީޖާ ވަނީ ބަދަލުކޮށްފައެވެ.
ބެންޒެމާ ސީޒަން ނިންމާލާނީ އަލް-އިއްތިހާދުގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާގެ ގޮތުގައެވެ.
މީގެ ކުރިން އަލް-އިއްތިހާދާއި އަލް-ނަސްރު ވަނީ ސައުދީ ޕްރޯ ލީގު ތާރީހުގައި ދެވަނައަށް އެންމެ ގިނަ ޓައިޓަލް ކާމިޔާބުކޮށްފައެވެ. ދެ ޓީމުން ވެސް 9 ޓައިޓަލް ކާމިޔާބުކޮށްފައިވާއިރު، 19 ޓައިޓަލް އާ އެކު އެންމެ ގިނަ ފަހަރު ސައުދީ ޕްރޯ ލީގް ކާމިޔާބުކޮށްފައިވަނީ އަލް-ހިލާލްއެވެ.