30 ޖުލައި 2025

Advertisement

ޕޯޗުގަލް ނޭޝަންސް ލީގް ފައިނަލަށް!

މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގެ ފައިނަލަށް ޖަރުމަން ބަލިކޮށް ޕޯޗުގަލް ދަތުރުކޮށްފިއެވެ.

މި މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ލީޑު ނަގާފައިވަނީ ޖަރުމަނުންނެވެ. މެޗުގެ 48 ވަނަ މިނެޓުގައި ޖަރުމަނަށް މި ލަނޑު ކާމިޔާބުކޮށްދިނީ، ޖޮޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ފްލޯރިއަން ވިޓްޒްއެވެ.

Advertisement

އޭގެ ފަހުން މެޗުގެ 63 ވަނަ މިނެޓުގައި ރުބެން ޑިއާސް ތަނަވަސްކޮށްދިން ފުރުސަތަކުން ޕޯޗުގަލްގެ ފްރެންސިސްކޯ ކޮންސީސާއޯ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ޕޯޗުގަލްއަށް ލީޑު ނަގާދީފައިވަނީ ނޫނޯ މެންޑެން 68 ވަނަ މިނެޓުގައި ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ދެން އޮތް ސެމީ ފައިނަލް މެޗުގައި ސްޕެއިންއާއި ފްރާންސް ވާދަކުރާއިރު، މި މެޗު ކުޅޭނީ މިރޭ ސްޓުޓްގާޓްގައެވެ. އަދި ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހު މިއުނިކްގައެވެ.

Advertisement

ކޮމެންޓް