01 ސެޕްޓެމްބަރު 2025

Advertisement

އުކުޅަހުގައި ފިރިހެނަކު އޭނާގެ ބައްޕައަށް ވަޅިން ހަމަލާދީފި

01 ސެޕްޓެމްބަރު 2025

އއ. އުކުޅަސްގައި ފިރިހެނަކު އޭނާގެ ބައްޕައަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ އުމުރުން 26 އަހަރުގެ ފިރިހެނަކު، އޭނާގެ ބައްޕަ އަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައެއް ރޭގެ 10:30 ހާއިރު އއ. އުކުޅަހުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ ބައްޕަ އަށް ހަމަލާ ދިން މީހާ އަކީ ނަފުސާނީ މައްސަލަތަކެއް ހުންނަ މީހެއްކަމަށެވެ.

އުކުޅަހުގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި އުމުރުން ދުވަސްވީ މީހާ އިތުރު ފަރުވާއަށް މިހާރުވަނީ މާލެ ގެނެސްފައެވެ.

Advertisement

ފުލުހުން ބުނީ، ބައްޕަ އަށް ހަމަލާދިން ދަރިފުޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި، އޭނާ އަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ މީހަކަށްވާތީ އިތިރު ޓެސްޓްތަކެއް ހަދަން ބައްޕައާ އެކު މާލެ ގެންގޮސް އައިޖީއެމްއެޗުގައި އަންނަނީ ޓެސްޓްތައް ހަދަމުން ކަމަށެވެ.

Advertisement

ކޮމެންޓް