07 ސެޕްޓެމްބަރު 2025

Advertisement

ގައުމީ ޓީމަށް 140 ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްދީފި

07 ސެޕްޓެމްބަރު 2025

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އަރްމީނިއާ އަތުން 5-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާ އެކު ގައުމީ ޓީމަށް އޭނާ ޖަހައިދިން ގޯލުގެ އަދަދު 140 އަށް އަރައިފި އެވެ.

އަރްމީނިއާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ޕޯޗުގަލް އިން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން ޕޯޗުގަލްގެ ފުރަތަމަ ގޯލު މެޗުގެ 10 ވަނަ މިނެޓްގައި ޖައޯ ފެލިކްސް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ދެވަނަ ގޯލު މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖައޯ ކަންސެލޯ ވަނީ ޕޯޗުގަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޕޯޗުގަލްގެ ހަތަރުވަނަ ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްދިން އިރު، މެޗުގެ 61 ވަނަ މިނެޓްގައި އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ ފެލިކްސް އެވެ.

Advertisement

ޕޯޗުގަލްގެ ގައުމީ ޓީމަށް 140 ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވާ އިރު، ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ވެސް އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ އަތުގަ އެވެ.

ކޮލިފައިންގައި ޕޯޗުގަލް ދެން ބައްދަލުކުރާނީ ހަންގޭރީއާ އެވެ.

Advertisement

ކޮމެންޓް