އެންޑޯރާ އަތުން އިންގްލެންޑްއަށް މޮޅެއް
ފީފާ ވޯލްޑްކަޕްގެ ކޮލިފައިންގައި ރޭ އެންޑޯރާ އާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވެއްޖެ އެވެ.
ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް ކޭ ގައި ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދައިފަ އެވެ.
އިންގްލެންޑް އިން މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ޖުމްލަ އަށް ގޯލު ޖަހާފައިވާއިރު ބައިކޮޅަށް އަދި ލަނޑެއް ވަދެފައެއް ނުވެއެވެ.
އިންގްލެންޑްގެ ވިލާ ޕާކްގައި ތިރީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 25 ވަނަ މިނިޓުގައި އިންގްލެންޑް އަށް ކުރި ލިބިފައިވަނީ އެންޑޯރާގެ ކްރިސްޓިއަން ގާސިއާ އަތުން ބައިކޮޅަށް ވަދެފައިޥާ ލަނޑުންނެވެ.
މި މެޗުގައި އިންގްލެންޑް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 67 ވަނަ މިނިޓުގައި ރީސް ޖޭމްސް އަރިމަތިން ނަގައިދިން ހުރަހެއް ޑެކްލަން ރައިސް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.
އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މި މެޗުގައި ނޮޓިންހަމް ފޮރެސްޓްގެ އެލިއޮޓް އެންޑަރސަން އަށް އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދީފަ އެވެ.
ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު އިންގްލެންޑް ރަށުން ބޭރުގައި ނިކުންނާނީ ސަރބިޔާ އާއި ދެކޮޅަށެވެ.