08 ސެޕްޓެމްބަރު 2025

Advertisement

އެޗްއާރްސީއެމަށް 2 މެންބަރަކު އައްޔަންކޮށްފި

08 ސެޕްޓެމްބަރު 2025

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެޗްއާރްސީއެމަށް ރައީސް ޑރ. މުހައްމަދު އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި އައްޑޫ ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމަށެވެ.

އެ ދެ ބޭފުޅުން މެންބަރުކަމަށް ޢައްޔަން ކުރުމުގެ ކުރިން، ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައި ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

Advertisement

Advertisement

ކޮމެންޓް