09 ސެޕްޓެމްބަރު 2025

Advertisement

ގާސިމް އިބްރާހީމް ސްކޮލަޝިޕަށް ހުޅުވާލައިފި

09 ސެޕްޓެމްބަރު 2025

ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސްގެ ނަމުގައި ހާއްސަ ސްކޮލާޝިޕެއް ތައާރަފުކޮށްފި އެވެ.

މިއީ ގާސިމްގެ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް މި އަހަރު ވަންނަ ދަރިވަރުންނަށް ހާއްސަކުރި ސްކީމެކެވެ. އެގޮތުން ނެޝަނަލް ޓޮޕް 10 ރޭންކުގެ އެއްވަނަ، ދެވަނަ އަދި ތިންވަނައިގައި ހިމެނުނު ދަރިވަރުންނަށް ހާއްސަކުރި މި ސްކޮލާޝިޕަށް އެދި ހުށަޙެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 11 އާ ހަމައަށް ހުޅުވާލައިފަ އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބުނީ ސްކޮލާޝިޕަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 30 ދަރިވަރުންނަށް ފުރުސަތު ލިބޭނެ ކަމަށެވެ. ޝަރުތު ހަމަވާ ދަރިވަރުންގެ އަދަދު 30 އަަށް ވުރެ ގިނަވެއްޖެ ނަމަ، ސްކޮލަޝިޕް ލިބޭ ދަރިވަރުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

Advertisement

ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސް ލިބޭ ދަރިވަރުން ސްކޫލްގެ މަހު ފީ ދައްކާކަށް ނުޖެހޭނެ އެވެ.

Advertisement

ކޮމެންޓް