25 ނޮވެމްބަރު 2025

Advertisement

ކުޑަކުއްޖަކަށް ފުލުހަކު ބިރުދެއްކި ކަމުގެ މައްސަލައެއް!

23 ނޮވެމްބަރު 2025

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ފުލުހަކު ބިރުދައްކައި، ޖިސްމާނީ އަނިޔާ ވެދާނެ ފަދަ އަމަލެއް ކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން ތުހުމަތުކުރެވެނީ އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކަށް ކަމަށެވެ.

އެ ފުލުސް މީހާ އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ވެދާނެ އަމަލެއްކޮށް، ބިރު ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ބައި ފުލުހުން ތަހުގީގުކުރަމުންދާ ކަމަށާއި އަދި ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށްވުމާއެކު އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް