20 ޖެނުއަރީ 2026

Advertisement

ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ޝާކިރު

19 ޖެނުއަރީ 2026

ދިވެހި ބަހުގެ އެކެޑަމީގެ ރައީސްގެ މަގާމަށް ހަސަން ޝާކިރު މުހައްމަދު ހޮވިއްޖެ އެވެ.

ހެރިޓޭޖް މިނިސްޓްރީގައި ބޭއްވި ދިވެހިބަހުގެ އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ރައީސަކު ހޮވަން ނެގި ސިއްރު ވޯޓުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުން ވެސް ވޯޓު ދެއްވީ ޅެންވެރިޔާ ޝާކިރަށެވެ.

ކުރިން މީޑިއާ ކައުންސިލްގެ މެންބަރުކަން ވެސް ކުރިން ކުރެއްވި ޝާކިރު އެންމެ ފަހުން ހުންނެވީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

Advertisement

އޭނަ އަކީ 1998 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ ގައުމީ އިނާމާއި 2007 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިންނާއި ދިވެހިބަހުން ވާހަކަ ދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިފައިވާ ބޭފުޅެކެވެ. އަދު 2022 ގައި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގައުމީ އިނާމު ލިބިފައިވެ އެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސްގެ މަގާމަށް ޝާކިރު ހޮވުނި އިރު ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް ޒުލްފާ އިބްރާހިމާއި މެންބަރުންގެ ގޮތުގައި އިޔާޒް ޖާދުﷲ ނަސީމާއި އިބްރާހިމް ވަހީދު އަދި ފާތިމަތު އައްޒަ އެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Advertisement

ކޮމެންޓް