22 މާރިޗު 2026

Advertisement

ވޯލްޑްކަޕް ބަލަން އާޓިފިޝަލް ބީޗުގައި ލެޑް ސްކްރީނެއް ބަހައްޓަނީ

22 މާރިޗު 2026

މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ލެޑް ސްކްރީނެއް ހަރުކޮށް، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި މުޖުތަމައުއަށް ފައިދާ ހުރި އެހެން ޕްރޮގްރާމުތައް ފެންނާނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

މި އަހަރު ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އޮންނަނީ ޖޫން 11 އިން ޖުލައި 19 އަަށެވެ. 

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެކަން ކޮށްދިނުމަށް ޝައުގުވެރިވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

Advertisement

ކައުންސިލުން ވަނީ އެކަމަށް ޝައުގުވެރިވާ ނަމަ މިމަހުގެ 29 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށް މާލެ ސިޓީ ކައުންސިލް ހޯލަށް ދިއުމަށް އެދިފަ އެވެ. އަގު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ 10:00 ގައި ކައުންސިލު އިދާރާގައި ކަމަަށް ބުންޏެވެ. 

ކައުންސިލުން ބުނި ގޮތުގައި އެ ވަގުތުގެ ފަހުން މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން ބަލައެއްނުގަންނާނެ އެވެ.

އެ ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

Advertisement

ކޮމެންޓް