23 މާރިޗު 2026

Advertisement

އައު ޝިޕްމަންޓާއެކު ގޭހުގެ ދަތިކަން ހައްލުކޮށްފި

23 މާރިޗު 2026

ގޭސް ލިބުމުގައި ދިމާވި ދަތިތައް ހައްލުކޮށް 10 ކިލޯގެ ގޭސްފުޅި މޯލްޑިވް ގޭހުން އަލުން ވިއްކަން ފަށައިފި އެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި، ދުނިޔޭގެ ބާޒާރަށް ދިމާވި މި ދަތިތަކާ ގުޅިގެން ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މީގެ ކުރިން ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކި ނަމަވެސް، ގޭހުގެ އައު ޝިޕްމަންޓެއް މިހާރު ލިބިފައިވުމާއެކު ކުރިން ދިމާވި ދަތިތަކަށް ހައްލެއް ލިބިފައިވާ ކަމަށެވެ.

"ގޭހުގެ އައު ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން މިހާރު ވަނީ ހައްލުކުރެވިފައި،" މޯލްޑިވް ގޭހުން ބުންޏެވެ.

Advertisement

މި ބަދަލާއެކު، މިއަދުން ފެށިގެން މޯލްޑިވް ގޭހުގެ ކަސްޓަމަރުންނަށް 10 ކިލޯގެ ގޭސް ފުޅި އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

Advertisement

ކޮމެންޓް