25 މާރިޗު 2026

Advertisement

ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތައް ގެނެސްފި

24 މާރިޗު 2026

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ ކާރުތައް ރާއްޖެ ގެނެސްފި އެވެ.

މި ހިދުމަތް ދޭން ނިންމާފައި އޮތީ އެމްޓީސީސީ މެދުވެރިކޮށެވެ. އެގޮތުން އެ ކުންފުންޏާ ޓެކްސީ ލައިންގެ ހިދުމަތް ދޭން ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 15 ގަ އެވެ.

އެމްޓީސީސީން ބުނީ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކާރުތަކުގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެގޮތުން މި ޝިޕްމެންޓްގައި ރާއްޖެ ގެނެސްފައިވަނީ ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރެވެ.

Advertisement

ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ތައާރަފު ކުރަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި އޮތީ މާލެ ސަރަހައްދުގަ އެވެ.

ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.

އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގައި ހިދުމަތް ފަށާނެ އެވެ.

Advertisement

ކޮމެންޓް