އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިރިޝް ފިލައިފި
ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި އާންމުންނަށް ތަކުރާރުކޮށް ގޯނާކޮށް، ބިރުދައްކައި، ދުއްތުރާކުރަމުންދިޔަ މައްސަލައެއްގައި ހައްޔަރުކުރި އަޙްމަދު ފައިރިޝް ފަރުވާއަށް ހިންމަފުށީ ޑްރަގް ސެންޓަރަށް ގެންގޮސް ހުއްޓައި ފިލައިފިއެވެ.
ފުލުހުން ބުނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ މަރުކަޒަށް އޭނަ ބަދަލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށާއި ފައިރިޝް އެތަނުން ފިލާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ފިލީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.