14 ނޮވެމްބަރު 2026

Advertisement

ޓީއެމްއޭގެ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަޙުޤީޤުކުރަނީ

13 ނޮވެމްބަރު 2026

ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) ގެ ސީޕްލޭނަކަށް ބުދަ ދުވަހު ދިމާވި ހާދިސާ މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އިން ތަޙުޤީޤުކުރަން ފަށައިފިއެވެ.

އެމްޓީއެސްބީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގެ ސަބަބުތަކާއި އެހެނިހެން ކަންކަން ދެނެގަތުމަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އަދި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ކަށަވަރުވާ މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށް ބޯޑުން އަންގައިފައިވެއެވެ.

ބޯޑުގެ ބަޔާނުގައި އޮތް ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލުން އެ ބޯޓު ފުރުމަށް ތައްޔާރުވަމުންދިޔަ ވަގުތުގައެވެ.

Advertisement

މި ހާދިސާގައި ބޯޓުގެ ކްރޫ މެންބަރަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަމުންދާ ކަމަށް އެމްޓީއެސްބީން ބުނެފައިވެއެވެ. ނަމަވެސް، ބޯޓުން ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިނުވާ ކަމަށް ބޯޑުން ކަށަވަރުކޮށްފައިވެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފައިވާ މަޢުލޫމާތުގެ ގޮތުގައި، ސީޕްލޭނަށް ހާދިސާ ދިމާވީ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރަމުން ދިޔަ ވަގުތުގައެވެ. ހާދިސާ ހިނގުމާއެކު އެމްއޭސީއެލްގެ އެއާޕޯޓު އިމަޖެންސީ ސާވިސަސްގެ ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ކުއްލި ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ކޮމްޕެނީން އަންގައިފައިވެއެވެ.

Advertisement

ކޮމެންޓް