22 ނޮވެމްބަރު 2024

Advertisement

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

12 މާރިޗު 2024

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ އިން ފެށިގެން އަންނަ އޭޕްރިލް މަހު ހައެއްގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ދިރާގު އެޕް/ދިރާގު ޕޭ، އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށްގެންނާއި މޯލްޑިވްސް އިސްލާމިކް ބޭންކް، ފައިސާ މޮބައިލް އެޕްލިކޭޝަން އަދި ފައިސާ ނެޓް އަދި  ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް އަދި ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓާއި ބަނޑޭރި ޕޭ ބޭނުންކޮށްގެން އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެއެވެ.

Advertisement

ޒަކާތު ހައުސް އިން ބުނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ.

ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައި ވާތީ އެ ދުވަސްތަކުގައި މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހާއްސަ ގަޑިއެއް ވަނީ ކަނޑައަޅައިފަ އެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފަހުދިހަގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާތީ މިއަހަރުގެ ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 މާރިޗް 2024ން 28 މާރިޗް 2024ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30ން މެންދުރުފަހު 1:00ށެވެ. 31 މާރިޗް 2024ން 9 އޭޕްރީލް 2024ށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވަައި ކޮންމެ ދުވަހަކު ހެނދުނު 11:00ން މެންދުރުފަހު 2:00ށެވެ.

މާލެސިޓީ ފިޔަވައި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަނީ އެރަށެއްގެ ރަށު/ސިޓީ ކައުންސިލްތަކުންނެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. ފިތުރު ޒަކާތް ނެރެން ޖެހެނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 12ރ، ތައިލެންޑް ހަނޑުލުން ނަމަ 70ރ. އަދި އާދައިގެ ބާސްމަތީ ހަނޑުލުން ނަމަ 70ރ. އެވެ. ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.

Advertisement

ކޮމެންޓް