22 ނޮވެމްބަރު 2024

Advertisement

ސްޓެލްކޯގެ ކޭބަލެއް ވަގަށް ނަގައިފި

02 ޖުލައި 2024

ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ނަގައިފިއެވެ.

ސްތެލްކޯ އިން ބުނީ އެކަމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިިފައިވާ ކަމަށެވެ.

އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށް ފެހި މަގާ، މެދު ޒިޔާރަތް މަގާ، ކަޅު ހުރާ މަގާ އަދި ކަރަންކާމަގުގެ ބައެއް ގެތަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ބުންނެވެ. އަދި އައު ކޭބަލެއް އަޅައި ކަރަންޓު ހިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓް ދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

Advertisement

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް ވަގަށް ނަގާފައިވާއިރު އިތުރު ކޭބަލެއްވެސް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހަށް ރިޕޯޓްކޮށްފައިވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް