ނަރުހަކު މަސްތުވާތަކެތި ބޭނުން ކުރި މައްސަލައެއް
އައިޖީއެމްއެޗްގެ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް ބަލަން ފެށީ އެ ހޮސްޕިޓަލުން އެކަން ހުށަހެޅުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ ނަރުސް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ވެސް ހާމައެއް ނުކުރެ އެވެ.
އެހެންވެ މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ނަރުހަކީ ދިވެއްސެއްތޯ ނޫނީ ބިދޭސީއެއްތޯ އަދި އެއީ އަންހެން ނަރުހެއްތޯ ފިރިހެން ނަރުހެއްތޯ ވެސް ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.