12 އޭޕްރީލު 2025

Advertisement

ޝަރީއަތް ނިމެންދެން އަތުހަރު ބަންދުކޮށްފި

31 އޯގަސްޓު 2024

ޝަރީއަތް ނިމެންދެން އަތުހަރު ބަންދުކޮށްފިއެވެ.

އަންހެނެއް ރަހީނުކޮށް ކަރުގައި ވަޅިޖައްސައި، މަރާލާނެކަމުގެ އިންޒާރުދިން އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އުމުރުން 32 އަހަރުގެ ށ. މިލަންދޫ، އާދަމް އަތުހަރު ހައްޔަރު ކުރެވުނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެއްގެ ކަރުގައި ވަޅިޖައްސައި ސައިކަލަށް އަރުވައިގެން ބިހުރޯޒް މިސްކިތް ކައިރިން ދާން އުޅެނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.

Advertisement

މުޅި ގައުމު ސިއްސުވައިލި މި ޖަރީމާގައި ހައްޔަރުކުރެވުނު އަތުހަރުގެ ބަންދާއިމެދު ގޮތެއް ނިންމަމުން، ކޯޓުން ނިންމީ އަތުހަރުގެ ޣައިރު ހާޒިރުގައި މައްސަލައިގެ ބަންދު އަމުރު ނެރޭށެވެ. އެގޮތުން، އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް