ޔާންބެގެ ދެ ކިޑްނީ ފެއިލްވެ، އާންމުންގެ އެހީ ހޯދަނީ!
ދިވެހި ބޮޑީބިލްޑަރު މުހައްމަދު ޔާމީން (ޔާންބެ) ގެ ދެ ކިޑްނީ ފެއިލްވެ، ފަރުވާއަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.
މިސްޓަ މޯލްޑިވްސްގެ މަގާމުގައި މިވަގުތު ހުރި ޔާންބެ ކިޔައި ދިން ގޮތުގައި ދެ ކިޑްނީ ފެއިލްވެފައި ހުރި ކަން އެނގުނީ މީގެ މަހެއް ކުރިން ހެދި ލޭގެ ޓެސްޓުންނެވެ. ދެ ކިޑްނީ ފެއިލްވެ، ފަސް ވަނަ ސްޓޭޖް ނުވަތަ ފަހު ސްޓޭޖްގައި ހުރުމުގެ ސަބަބުން ޑޮކްޓަރުން އިރުޝާދު ދެނީ ޓްރާންސްޕްލާންޓް ހެދުމަށެވެ.
އެހެންވެ، ދާއިރާއާ ދުރަން ދާން ޖެހިފައިވާ ކަން އޭނާ ހާމަކުރިއެވެ.
ޔާންބެއަށް އެހީވުމަށް؛
* 7770000138064 ރުފިޔާ އެކައުންޓް
* 7730000569416 ޑޮލަރު އެކައުންޓް
ޔާންބެ ވަނީ މިސްޓަ މޯލްޑިވްސްގެ މަގާމު ހަތަރު ފަހަރެއްގެ މަތިން ހޯދައިފައެވެ. އެގޮތުން މިދިޔަ ތިން އަހަރު އޭނާ ވަނީ އެ މަގާމު މިލްކުކޮށްފައެވެ.