23 ނޮވެމްބަރު 2024

Advertisement

މާއުނގޫދޫ ގައި ނެގި އެމްޑީޕީގެ ދިދަ ކަނޑާލައިފި

01 ސެޕްޓެމްބަރު 2024

ށ. މާއުނގޫދޫގައި ނެގި އެމްޑީޕީގެ ބޮޑު ދިދައެއް ކަނޑާލައިފިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ށ. މާއުނގޫދޫގައި އެމްޑީޕީގެ މެމްބަރުން ނެގި ބޮޑުދިދަ، ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ރޭގެ ވަގުތެއްގައި ދިދައަށް ގެއްލުންދީފައިވާ ކަމަށެވެ.

އެގޮތުން އެ ދިދަ މޫދަށް އެއްލާލާފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement

"ސުލްޙަވެރި ސިޔާސީ ހަރަކާތަށް ފަރިތަވާން އެބަޖެހޭ. އިދިކޮޅު ޕާޓީއަށް ޤައުމުގެ ސިޔާސީ ވެށީގައި ޖާގަ ލިބެން ޖެހޭނެ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިކަން ސިފަ ކުރައްވާފައިވަނީ ފިނޑި އަމަލެއްގެ ގޮތުގައެވެ. އަދި މިކަންކުރި ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

Advertisement

ކޮމެންޓް