12 އޭޕްރީލު 2025

Advertisement

އާއިލާ އިން ބޭނުންނުވިޔަސް އަތުހަރުގެ އޮޓޮޕްސީ ހަދަނީ

03 ސެޕްޓެމްބަރު 2024

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފައި ވަނިކޮށް އަމިއްލަ އަށް މަރުވި އާދަމް އަތުހަރުގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ދެކޮޅު ހެދި ނަމަވެސް އޮޓޮޕްސީ ހަދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

އިއްޔެ ހަވީރު 4:08 ގައި އަތުހަރު މަރުވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ. އަތުހަރުގެ މަރާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނަ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީއެއް ހަދަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އަތުހަރުގެ އާއިލާގެ ފަރާތުން އޭނާގެ ބޭބެ ވަނީ ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވާ ކަމަށާއި ވީހާވެސް އަވަހަށް ހަށިގަނޑު ވަޅުލަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

Advertisement

އަތުހަރުގެ މަރާ ގުޅޭ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ބަންދުގައި ހުއްޓާ މީހަކު މަރުވެއްޖެނަމަ ޢާއިލާއާ ހަށިގަނޑު ހަވާލުކުރުމުގެ ކުރިން އޮޓޮޕްސީ ހެދުމަކީ އުސޫލެއްގެ ގޮތުގައި ކުރަމުންދާ ކަމެއް ކަމަށާއި އަތުހަރުގެ ހަށިގަނޑުވެސް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށެވެ.

ށ. މިލަންދޫ އަށް ނިސްބަތްވާ 32 އަހަރުގެ އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އޭނަ އަންހެނަކު ރަހީނުކޮށް، ކަރުގައި ވަޅި ޖައްސައި ބިރު ދައްކައިގެން ފިލަން މަސައްކަތް ކުރަނިކޮށް ދަނިކޮށް، ފުލުހުން މުގުރިއަކުން ބޮލުގައި ޖަހައި ޒަހަމްކޮށްލުމަށް ފަހު އެވެ.

އެ ހާދިސާއާ ގުޅިގެން އަތުހަރަށް އޭޑީކޭގައި ފަރުވާ ދިނެވެ. އޭގެ ފަހުން ހުކުރު ދުވަހު ވެސް އައިޖީއެމްއެޗްގައި އޭނަ އަށް ފަރުވާ ދީފައިވެ އެވެެ.

އަތުހަރަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސަށް ލިބިދޭ ބާރުގެ ދަށުން 2022 ގައި މާފުދީ ޖަލުން މިނިވަންކޮށްފައިވާ މީހެކެވެ.

Advertisement

ކޮމެންޓް