19ވަނަ އޭޝިއާ މީޑިއާ ސަމިޓް ފަށައިފި
މެލޭޝިއާގައި "އޭޝިއާ މީޑިއާ ސަމިޓް"ގެ 19 ވަނަ ބައްދަލުވުން ފަށައިފިއެވެ.
އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޮޑްކާސްޓިންއިން ބާއްވަމުން އަންނަ މި ސަމިޓަކީ އެޖަމްޢިއްޔާއިން ކޮންމެ އަހަރަކު ތާވަލުކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު ހަރަކާތެވެ.
އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ޤައުމުތައް ހިމެނޭހެން 44 ޤައުމުން 300އަށްވުރެ ގިނަ މީހުން މިއަހަރުގެ ސަމިޓްގައި ބައިވެރިވެއެވެ.
މިފަހަރުގެ ސަމިޓް ޚާއްސަކޮށްފައިވަނީ ބަދަލުވަމުންދާ ދުނިޔޭގައި އެއްވެސް މީހަކު ބާކީ ނުކޮށް ޚަބަރާއި މައުލޫމާތު ލިބޭނެ ގޮތްތައް ފަހިކޮށްދިނުމާއި ޒަމާނީ ގޮތްތަކަށް މީޑިއާތަކުގެ މަސައްކަތްތައް ބައްޓަންކުރުމާއި ގުޅޭގޮތުންނެވެ.
އޭޝިއާ މީޑިއާ ސަމިޓް ބާއްވަން ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. މިސަމިޓްގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ މީޑިއާތަކާއި މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މީޑިއާގެ ދާއިރާ ކުރިއެރުވުމަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.