ފުރަތަމަ މެޗުން އިނގިރޭސިން މޮޅުވެއްޖެ
ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި ރިޕަބްލިކް އޮފް އަޔަލޭންޑް އާއި ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗު 2-0 ގެ ނަތީޖާ އަކުން އިނގިރޭސިން ކާމިޔާބުކޮށްފި އެވެ.
މިމެޗަކީ ކޯޗްކަމާ ލީ ކާސްލީގެ ހަވާލުވިފަހުން އިނގިރޭސިން ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑު އިނގިރޭސިންނަށް ކާމިޔާބު ކޮށްދީފައިވާ ޑެކްލަން ރައިސް އާއި ޖެކް ގްރީލިޝް އަކީ ކުރިން އަޔަލޭންޑަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.
ނޭޝަންސް ލީގު ބީގެ ގްރޫޕް 2 ގައި ރޭ ގްރީސް އާއި ފިންލެންޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ގްރީސް ވަނީ ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ގޯލުގެ ތަފާތުން ހޯދާފަ އެވެ.