22 ނޮވެމްބަރު 2024

Advertisement

މަންމަ އަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

22 އޮކްޓޯބަރު 2024

މަންމައަށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ، ހ. އެހަޑަ، މުހައްމަދު އިސްމާއިލް (28އ) އެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުގެ އެޗް13ގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށް އިއްޔެ އިރުއޮއްސި 18:17 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

Advertisement

އެ އެޕާޓްމަންޓަށް ފުލުހުން ދިއުމުން 57 އަހަރުގެ އަންހެނެކު ދޮރު ހުޅުވި ކަމަށާއި އެ މީހާގެ ދަރިފުޅު އޭނާއަށް އަނިޔާކުރުމަށް ފަހު، ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށް އެ މީހާއާ ހަވާލާދީ ފުލުހުން ބުންޏެވެ. އަދި އަންހެން މީހާގެ ފޯނު ފޭރިގަނެފައިވާ ކަމަށްވެސް އަންހެން މީހާ އާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.

އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، ރޭ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް