ތިލައުތުރު ފުޓްސަލް މުބާރާތުގައި ސެމީއަށް ދިޔަޓީމްތަށް ޔަޤީން ވެއްޖެ
މިހާރު ކުރިއަށްދާ ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ސެމީ ފައިނަލަށް ބާރަށް، އިހަވަންދޫ، އުތީމު އަދި ދިއްދޫ ދަތުރުކޮށްފިއެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް މި އަހަރު ބާއްވަނީ ކެލާގައެވެ. މި މުބާރާތުގައި ހއ. އަތޮޅުގެ 10 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް މިހާތަނަށް ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ސެމީގެ ޖާގައެއް ހޯދި ބާރަށުން ގްރޫޕް އޭގެ އެއްވަނަ ހޯދިއިރު، މި ގްރޫޕުގެ ދެވަނައަށް ދިޔައީ ދިއްދޫއެވެ. ގްރޫޕް ބީގެ އެއްވަނަ އިހަވަންދޫން ހޯދިއިރު، މި ގްރޫޕުގެ ދެވަނަ ހޯދާފައިވަނީ އުތީމުންނެވެ.
މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ބާރަށާއި އުތީމު ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި އިހަވަންދޫ ނުކުންނާނީ ދިއްދޫއާ ދެކޮޅަށެވެ.