09 އޭޕްރީލު 2025

Advertisement

ކޭބަލަކަށް ގެއްލުންވެ ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

26 ޖެނުއަރީ 2025

ހުޅުމާލެ ފޭސް 1ގެ ކަރަންޓް ކޭބަލަކަށް ގެއްލުންވެ ކަރަންޓު ކެނޑިއްޖެ އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ހިމެނޭ ސަރަހައްދުގައި އަޅާފައިވާ ކަރަންޓުގެ ވިއުގައިގެ ކޭބަލަކަށް ގެއްލުންވެ ހިރުނދުމަގާއި، އަހިގަސްމަގު ހިމެނޭ ސަރަހައްދުގެ ބަޔަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އަދި އައު ކޭބަލެއް އަޅައި އަލުން އެސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ދިމާވާނެ ދަތިތަކަށް މަޢާފަށް ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް