09 މާރިޗު 2025

Advertisement

މުލީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖޫން މަހުގެ ފުރަތަމަ ދުވަހު ޖައްސަނީ

05 މާރިޗު 2025

މ. މުލީގައި ތަރައްޤީކުރަމުންދާ އެއަރޕޯޓްގައި ޖޫން މަހުގެ ފުރަތަމަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސޭވަރު ވާނެކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ މަސައްކަތް ހަވާލުކޮށްފައިވާ، މުލީ އެއަރޕޯޓް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ 85 އިންސައްތަ މިހާރު ވަނީ ނިންމާލާފައެވެ. އެއާޕޯޓުގެ ބޮޑެތި މަސައްކަތްތައް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ނިންމާ ޓެސްޓް ފްލައިޓް އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޓީސީސީން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިވަގުތު ކުރިއަށްދަނީ ޓަރމިނަލް އަދި އެހެނިހެން އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތަކެވެ. އެއަރޕޯޓްގެ ރަންވޭގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ.

Advertisement

މުލީ އެއަރޕޯޓް ތަރައްޤީކުރަނީ ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައެވެ. 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓުގެ މަޝްރޫޢަށް ސަރުކާރުން 221 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

Advertisement

ކޮމެންޓް