09 މާރިޗު 2025

Advertisement

ކުކިން ސޯސްއެއް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މަނާ ކޮށްފި

05 މާރިޗު 2025

ބާޒާރުގައި ވިއްކާ ޕްރޮސެސްޑް ކާބޯތަކެތީގައި ހުންނަން ޖެހޭ އެލާޖަން ލޭބަލް މަދުވާތީ "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް" ވިއްކުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ "މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް" އިން ތައްޔާރުކޮށްފައިވާ "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް"ގައި އެކުލެވިގެންވާ ތަކެތީގެ ތެރޭގައި ބިސް ހިމެނޭ ކަމަށެވެ. ނަމަވެސް އެ އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވާތީ، އެ ސޯސް އުފެއްދި ކުންފުނިން އޭގެ ބެޗުތައް ބާޒާރުން ނެގުމަށް އަންގާފައިވާކަމަށެވެ.

މީގެއިތުރުން އެމްއެފްޑީއޭ އިން ބުނީ، މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކު މެދުވެރިކޮށް ވެސް އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

Advertisement

އެގޮތުން ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކަލެއް ދިމާވެދާނެފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އިދާރާއަށް އަންގާފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް