09 މާރިޗު 2025

Advertisement

ޒީނާގެ ބަންދަށް އިތުރު 15 ދުވަސް

މިދިޔަ މަހުގެ ތެރޭގައި 14 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ، 23، އެވެ.

އޭނަ ހައްޔަރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު 14 ކިލޯއަ ށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

Advertisement

ޒީނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެންމެ ފުރަތަމަ ވެސް ބަންދަށް 15 ދުވަސް ޖެހި އެވެ. އަދި ބަންދަށް އިތުރު 15 ދުވަސް ޖެހީ އެ މުއްދަތު ހަމަވެގެންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް