10 މާރިޗު 2025

Advertisement

ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އަނިޔާކުރި ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި، އެ ގެއަށް ގެއްލުންދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ އެ އިދާރާއަށް ރޭގެ ވަގުތެއްގައި ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށެވެ. އަދި އެގެއަށް ރޭ 12:45 އެހާކަންހާއިރު 4 މީހަކު ވަދެ ގެއްލުން ދީފައިވާ މައްސަލައާއި ގުޅިގެން އެމީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ 4 މީހުން ވެސް ހައްޔަރު ކޮށްފައިވަނީ ކުށުގެ ވެށިން ކަމަށެވެ.

Advertisement

މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ރީތިހިޔާ، އއ. މާޅޮސް، މުހައްމަދު އަފްލާހް (23އ)، އެލަސް، ނ. ވެލިދޫ، އިބްރާހިމް އަހްނަފް (21އ)، ހަވޭލީ، ނ. މަނަދޫ، މުހައްމަދު އަޒަން (23އ)ގެ އިތުރުން ފަޒާ، ތ. ގުރައިދޫ، އަލީ ނަވާފު (21އ)އެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް އެމީހުން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

Advertisement

ކޮމެންޓް