14 މާރިޗު 2025

Advertisement

ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ

13 މާރިޗު 2025

ޕާކިސްތާނުގެ އަސްކަރީ މަނަވަރު "ޕީއެންއެސް އަސްލަތު" ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ބުނީ މި މަނަވަރު މިއަދު ހެނދުނު ރާއްޖެ އައިސްފައިވަނީ 4 ދުވަހުގެ ދަތުރެއްގައި ކަމަށެވެ. މި ދަތުރުގެ ބޭނުމަކީ ރާއްޖެ އާއި ޕާކިސްތާނާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް އެމްބަސީން ބުނެ އެވެ.

އެގޮތުން މި އަސްކަރީ މަނަވަރު ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ޕާކިސްތާނު އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްބަސީން ހާމަކުރެ އެވެ.

Advertisement

މިދިޔަ އަހަރުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ސައީދު އާސިިމް މުނީރު އާ ބައްދަލު ކުރައްވައި އެ ގައުމާއެކު އަސްކަރީ ގުޅުން ވަރުގަދަކޮށް ބަދަހި ކުރަން ވަނީ މަޝްވަރާކުރައްވާފަ އެވެ.

Advertisement

ކޮމެންޓް