14 މާރިޗު 2025

Advertisement

މިފްކޯ އިން ވަކިކުރި 3 ޖީއެމަކަށް އަލުން ވަޒީފާ ދީފި

މިދިޔަ މަހުގެ ތެރޭގައި މިފްކޯ އިން ވަކިކުރި ތިން ޖެނެރަލް މެނޭޖަރަކަށް އަލުން ވަޒީފާ ދީފި އެވެ.

އެ ތިން މީހުންނަކީ ލޯކަލް ސޭލްސް އެންޑް މާކެޓިން ޖެނެރަލް މެނޭޖަރު އައިޝަތު ރިޔާޒާ އާއި ބިޒްނަސް ޑިވެލޮޕްމަންޓު ޖެނަރަލް މެނޭޖަރު އައިމިނަތު ސަނިއްޔާ ޝަރީފުގެ އިތުރުން ޕްރޮކިޔުމަންޓް ޖެނެރަލް މެނޭޖަރު ހަސަން ޒާހިދެވެ.

އެ ތިން މީހުން ވަޒީފާ އިން ވަކިކުރީ މިފްކޯގެ ހިންގުން ހަރުދަނާ ކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި ކަމަށް ކުރިން ބުނެފައިވެ އެވެ. އެގޮތުން އޭރު މީޑިއާތަކަށް މިފްކޯ އިން ފޮނުވި މެސެެއްގައި ބުނީ ތިން ޖެނެރަލް މެނޭޖަރަކު ވަކިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމް އެޖެންޑާގެ ދަށުން އެ ކުންފުނި ހަރުދަނާކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

Advertisement

މިފްކޯގެ ޖެނެރަލް މެނޭޖަރަކަށް މަހު މުސާރަ އަކީ 42000ރ. އެވެ.

ވަކިކުރި ތިން ޖެނެރަލް މެނޭޖަރުންނަށް އަލުން ވަޒީފާ ދިން އިރު، މިފްކޯ އަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އައްޔަންކުރު ބިދޭސީ ސީއީއޯ ވަކިކޮށް އެ މަގާމަށް މި މަހުގެ ތެރޭގައި ވަނީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ފަރުހަތު ޝަހީރު އައްޔަންކޮށްފި އެވެ.

Advertisement

ކޮމެންޓް