07 އޭޕްރީލު 2025

Advertisement

އެމެރިކާގެ އެކި ކަންކޮޅުތަކުގައި ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރަނީ

06 އޭޕްރީލު 2025

އެމެރިކާގެ ވެރިރަށް ވޮޝިންގޓަނާއި ބޮޑެތި ރަށްތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އިސް މުޝީރު، މަހުޖަނު އީލޮން މަސްކާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ.

މި މުޒާހަރާތަކަކީ ޓްރަމްޕާއި މަސްކް ސަރުކާރު އިސްލާހުކުރުމަށާއި ރައީސްގެ ބާރުތައް އިތުރުކުރުމަށް ފަށާފައިވާ މަސައްކަތްތަކާ ދެކޮޅަށް މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މުޒާހަރާއެވެ.

ވޮޝިންގްޓަން މޮނިއުމަންޓް ވަށައިގެންވާ ސަރަހައްދުގައި އެތައް ހާސް މީހުން އެއްވެފައިވާއިރު، މުޅި ޤައުމުގައި 1،200 އަށްވުރެ ގިނަ މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިންތިޒާމުކުރި ފަރާތްތަކުން ބުނެފައިވެއެވެ.

Advertisement

ނޭޝަނަލް މޯލްގައި ބޭއްވުނު މުޒާހަރާގައި 20،000 އަށްވުަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ލަފާކުރެވޭ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން ރޯއިޓަރސްއަށް މަޢުލޫމާތު ދީފައިވެއެވެ.މި މުޒާހަރާތަކުގައި 150 އަށްވުރެ ގިނަ އެކްޓިވިސްޓް ގްރޫޕްތަކުން ބައިވެރިވާކަމަށް އިވެންޓްގެ ވެބްސައިޓުގައި ބުނެފައިވެއެވެ. އަދި އެމެރިކާގެ 50 ސްޓޭޓާއި ކެނެޑާ އަދި މެކްސިކޯގައިވެސް މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ނިއު ޖާރސީގެ ޕްރިންސްޓަންއިން މުޒާހަރާގައި ބައިވެރިވުމަށް އައި ރިޓަޔަރޑް ބަޔޯމެޑިކަލް ސައިންޓިސްޓް ޓެރީ ކްލައިން ބުނީ، "އިމިގްރޭޝަން ސިޔާސަތުން ފެށިގެން ޑޯޖްކޮއިންއާ ގުޅޭ ކަންކަމާއި، މިދިޔަ ހަފްތާގައި އިއުލާނުކުރި ޓެރިފްތަކާއި، ތަޢުލީމާ ގުޅޭ ކަންކަމާ ހަމައަށް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް" އޭނާ މުޒާހަރާގައި ބައިވެރިވީކަމަށެވެ.

"އަޅުގަނޑުމެންގެ މުޅި ޤައުމާއި، އަޅުގަނޑުމެންގެ ހުރިހާ މުއައްސަސާތަކަކާއި، މުޅި އެމެރިކާއަށް ނިސްބަތްވާ ހުރިހާ އެއްޗަކަށް ހަމަލާދެވެމުންދަނީ" އޭނާ ބުންޏެވެ.

މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ޔުކްރެއިންގެ ދިދަ ހިފައިގެން ތިބިއިރު، އަނެއްބައި މީހުން ފަލަސްޠީނަށް ނިސްބަތްވާ ސްކާފް އަޅައިގެން "ފްރީ ޕެލެސްޓައިން" ލިޔެފައިވާ ބޯޑު ހިފައިގެން ތިއްބެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެމްބަރުން ސްޓޭޖުގައި ޓްރަމްޕްގެ ސިޔާސަތުތަކާމެދު ފާޑުކިޔައި ވާހަކަދެއްކިއެވެ.

ޓްރަމްޕް، މިދިޔަ ހަފްތާގައި ވިޔަފާރީގެ ޓެރިފްތަކެއް އިއުލާނުކޮށް މާލީ ބާޒާރުތަކަށް ހަލަބޮލިކަން ގެނެސް، ދުނިޔޭގެ އެކި ޤައުމުތަކަށް ކަންބޮޑުވުން އުފެއްދި ނަމަވެސް، މިއަދު އޭނާ ހޭދަކުރީ ފްލޮރިޑާގައެވެ. އޭނާ ޖުޕިޓަރގައި ހުރި އޭނާގެ ކްލަބުގައި ގޮލްފް ކުޅުމަށްފަހު މެންދުރުފަހު މާރ-އަ-ލާގޯއަށް އެނބުރި ވަނީ ގޮސްފައެވެ.

"މާކެޓްތައް ފުނޑުފުނޑުވަނީ، ޓްރަމްޕް ގޮލްފް ކުޅެނީ" މިހެން ލިޔެފައިވާ ބޯޑުތައް ވެސް މުޒާހަރާކުރާ މީހުން ހިފައިގެން ތިއްބެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ޓްރަމްޕްގެ ސަރުކާރުން ގެންނަމުންދާ ބަދަލުތަކަކީ އެމެރިކާގެ ރައްޔިތުންނަށާއި، އެމެރިކާގެ އެކުވެރި ގައުމުތަކަށްވެސް ވިޔަފާރިއާއި އިޤްތިޞާދީ ގޮތުންނާއި، އެހެނިހެން ދާއިރާތަކުން ނުހަނު ބޮޑެތި ގެއްލުންތައް ލިބިދާނެކަންކަން ކަމަށެވެ.

Advertisement

ކޮމެންޓް