ޗައިނާ ފިޔަވާ އެހެން ޤައުމުތަކުގެ ޓެރިފް 90 ދުވަހަށް މެދުކަނޑާލައިފި
ޗައިނާ ފިޔަވައި އެހެން ހުރިހާ ޤައުމުތަކަށް ކަނޑައަޅާފައިވާ އާ ޓެރިފްތައް 90 ދުވަހުގެ މުއްދަތަށް މެދުކަނޑާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.
އެމެރިކާ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ހިނގަމުންދާ ދަނޑިވަޅެއްގައި މި ނިންމުން ނިންމާފައިވާއިރު، ޓްރަމްޕް ވަނީ ޗައިނާއަށް ކަނޑައަޅާފައިވާ ޓެރިފް 54 އިންސައްތައިން 125 އިންސައްތައަށް މަތިކޮށްފައެވެ. "ޗައިނާއިން ބައިނަލްއަގުވާމީ މާކެޓްތަކަށް ގަދަރު ނުކުރާތީ" ކަމަށް ބުނެ ޓެރިފް މަތިކުރި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މި ހަނގުރާމައިގެ ތެރޭގައި ޗައިނާއިން ވަނީ އެމެރިކާގެ 18 ކުންފުންޏަކާ މެދު ފިޔަވަޅު އަޅައި، އެމެރިކާއަށް ވެސް ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައިވަނީ "ކޮންމެވެސް ހިސާބަކުން، ޗައިނާއިން އެމެރިކާ އާއި އެހެނިހެން ޤައުމުތައް ފުނޑުފުނޑުކޮށްލާ ދުވަސްތަކަކީ ބަލައިގަނެވޭނެ ދުވަސްތަކެއް ނޫންކަން ޗައިނާއަށް އިޙްސާސްކުރެވޭނެ" ކަމަށެވެ.
މި ނިންމުމަކީ ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގޯސްވަމުންދާ ވިޔަފާރީގެ ގުޅުމަށް އިތުރު ބަދަލުތަކެއް ގެނެސްފާނެ ނިންމުމެއް ކަމަށް ވިޔަފާރީގެ ދާއިރާގެ މާހިރުން ލަފާކުރެއެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގެ މާޙައުލަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.