15 އޭޕްރީލު 2025

Advertisement

ފޭސް 2 ގެ ކަރަންޓްގެ މަސައްކަތެއް ކުރަމުންދާތީވެ، ކަރަންޓް ކެނޑުން އެކަށީގެންވޭ!

14 އޭޕްރީލު 2025

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ވަރަށް ކްރިޓިކަލް މައްސަލަތަކެއް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ވަރަށް ކްރިޓިކަލް މައްސަލަތަކެއް ހައްލު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އަދި މި މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު 9:00 އިން ފެށިގެން ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމަށް ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement

ކޮމެންޓް