16 އޭޕްރީލު 2025

Advertisement

ފޭސް 2 ގެ ދެސަރަހައްދަކުން މިއަދު ކަރަންޓް ކެނޑޭނެ!

15 އޭޕްރީލު 2025

ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 2 ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.

‏އެގޮތުން ހިޔާ ޓަވަރު H1, H2, H3, H4, H5, H6, H7, H8 އަދި ކާމިލް ދީދީ ސުކޫލް ހިމެނޭ ސަރަހައްދުން ހެނދުނު 10:00 އިން 11:00 އަށް އަދި މެންދުރު 13:00 އިން 14:00 އަށް ‏ވިނަރެސްV1, V2, V3, V4, V5, V6, V7, V8, V9, V10 ،އެމްޕީއެލް ޓަވަރުތަށް އަދި ސަލާހުއްދީން ސުކޫލް ހިމެނޭ ސަރަހައްދުން ވަގުތީގޮތުން ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ވެއެވެ.

ސްޓެލްކޯއިން ވަނީ މި ވަގުތުތަކުގައި ކަރަންޓު ކެނޑުމުން ދިމާވާނެ އެންމެހާ ދަތިތަކަށް މާފަށްއެދި ސްޓެލްކޯގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މިކަހަލަ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން  ލިބެމުން އަންނަ އެއްބާރުމަށް ޝުކުރު އަދާކޮށްފައެވެ.

Advertisement

Advertisement

ކޮމެންޓް