އެމްޕީއެލް އަދި ހިޔާގެ ބައެއް ޓަވަރުތަކުން މިއަދު ކަރަންޓް ކެނޑޭނެ: ސްޓެލްކޯ
މެއިންޓަނެންސް މަސައްކަތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ ހަތަރު ޓަވަރަކުންނާއި އެމްޕީއެލް ޓަވަރުތަކުން މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މިއަދު ހެނދުނު 10 އިން 11 އަށް ހިޔާ ޓަވަރު H13، H14، H15 އަދި H16ގެ ކަރަންޓު ކެނޑޭނެކަމަށެވެ. އަދި މެންދުރު 1 އިން 3 ޖެހުމާއި ހަމައަށް އެމްޕީއެލް ޓަވަރުންވެސް ކަރަންޓު ކެނޑޭނެކަމަށެވެ.
މީގެ އިތުރުން H4 ޓަވަރުން ވެސް ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށާއި، އަދި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށެވެ.