މާދަމާ މާލޭގެ 3 ސަރަހައްދަކުން ކަރަންޓް ކެނޑުން އެކަށީގެންވޭ
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ މާލޭގެ ތިން ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.
އެގޮތުން ހެނދުނު 10:00 އާއި މެންދުރު 12:00 އާ ދެމެދު ލިލީމަގު، ނީލޯފަރުމަގު،އަލިކިލޭގެފާނުމަގު އަދި ޑެއިޒީމަގު ހިމެނޭ ސަރަޙައްދު، ހެނދުނު 09:00 އާއި މެންދުރު 12:00 އާ ދެމެދު ބުލޫކިޔާމަގު، ބުރުޒުމަގު، ހިލާލީމަގު، ގުލްޒަހާރު ގޯޅި، މުރަނގަމަގު، ޖަވާހިރު ހިނގުން، އިސްކަންދަރުމަގު، ލިލީމަގު، މިރިހިމަގު، ރިޔާޒީ ހިނގުން، ނަސީމީ ހިނގުން، ދަކަނދާމަގު، އުނިގަސްމަގު، މިރިޔާސް މަގު، އިއްޒުއްދީން މަގު، ދިލްބަހާރު ހިނގުން، މުއިވެޔޮ ގޯޅި އަދި ހަނދުވަރީ ހިނގުން ހިމެނޭ ސަރަޙައްދު އަދި އިއްޒުއްދީން މަގު ހިމެނޭ ސަރަޙައްދުން މެންދުރު ފަހު 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީވެގެންވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން ވަނީ މި ވަގުތުތަކުގައި ކަރަންޓު ކެނޑުމުން ދިމާވާނެ އެންމެހާ ދަތިތަކަށް މާފަށް އެދިފައިވެއެވެ.