20 އޭޕްރީލު 2025

Advertisement

ތާވަލްގެ އެއްވަނައިގަ ބާސާއިން ހަމަޖެހިލައިފި

20 އޭޕްރީލު 2025

ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ 4-3 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު އެއްވަނައިގައި ބާސާ އޮތީ 32 މެޗުން 73 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 31 މެޗުން 66 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު ތިންވަނައިގައި 32 މެޗުން 63 ޕޮއިންޓު ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ.

މި މެޗުގެ 12 ވަނަ މިނެޓްގައި ފެރަން ޓޮރޭސްގެ ގޯލުން ބާސާއިން ލީޑު ނެގި ނަމަވެސް އޭގެ ތިން މިނެޓް ފަހުން ބޯޖާ އިގްލޭސިއަސް ވަނީ ސެލްޓާއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 52 ވަނަ މިނެޓްގައި އިގްލޭސިއަސް ސެލްޓާއަށް ލީޑު ނަގައިދިންއިރު އޭގެ 10 މިނެޓް ފަހުން އޭނާ ވަނީ ސެލްޓާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

Advertisement

ބާސާގެ ދެވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ޑެނީ އޮލްމޯ ކާމިޔާބުކޮށްދިން އިރު، އޭގެ ހަތަރު މިނެޓް ފަހުން ރަފީނިއާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި މެޗުން ބާސާ މޮޅުވީ މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އޮލްމޯއަށް ސެލްޓާގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ލީގުގެ ދެވަނައިގައި އޮތް ރެއާލުން މިރޭ އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ނިކުންނާނެ އެވެ.

Advertisement

ކޮމެންޓް