20 އޭޕްރީލު 2025

Advertisement

ފަހު ވަގުތު ސިޓީއިން ޖެހި 2 ގޯލުން މޮޅުވެއްޖެ

20 އޭޕްރީލު 2025

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގެ ފަހު ވަގުތުގައި ސިޓީން ޖެހި ދެ ލަނޑާއެކު 2-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު މެންޗެސްޓަރ ސިޓީ އަށް ވަނީ ލީގުގައި މިޙާތަނަށް ކުޅުނު 33 މެޗުން 58 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމު ލިބިފަ އެވެ. އެވަޓަން އަށް ލިބިފައިވާ 38 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް މެންޗެސްޓަރ ސިޓީއަށް ކާމިޔާބުކޮށްދީފައިވަނީ ނިކޯ އޮރެއިލީ އެވެ.

Advertisement

އަދި އިތުރު ވަގުތުގެ ކުޅުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި މަޓިއޯ ކޮވަސީޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.  

Advertisement

ކޮމެންޓް