20 މޭ 2025

Advertisement

ފަހު ވަގުތު ޖެހި ލަނޑުން ސިޓީ މޮޅުވެއްޖެ

23 އޭޕްރީލު 2025

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގެ ފަހު ވަގުތު މެތިއުސް ނޫނޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވެ ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި އެވެ.

މެޗުގައި ސިޓީން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އެސްޓަން ވިލާ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ސިޓީ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާ އެވެ. އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާކަސް ރަޝްފޯޑު އެވެ.

Advertisement

މެޗުގައި ދެ ވަނަ ލަނޑެއް ޖަހައި ކުރި ހޯދުމަށް ސިޓީން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީ މޮޅުވި ލަނޑު ޖެހީ މަތެއުސް ނޫނެސް އެވެ.

މޮޅާއެކު ސިޓީން ލީގު ތާވަލްގެ ތިން ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 34 މެޗުން 61 ޕޮއިންޓާ އެކު އެވެ. ސިޓީ އަތުން ބަލިވި އެސްޓަން ވިލާ އޮތީ 34 މެޗުން 57 ޕޮއިންޓާ އެކު ހަތް ވަަނައިގަ އެވެ.

Advertisement

ކޮމެންޓް