04 މޭ 2025

Advertisement

ސިނަމާލެއާއި މާލޭހިޔާ ހިމެނޭގޮތަށް މާލެގައި 1360 ފްލެޓް އަޅަނީ

ސިނަމާލެއާއި މާލެހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތައް ހިމެނޭގޮތަށް 1360 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޯހިވަހިކަމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތުގެ ތަފްސީލްތައް ޙިއްސާކުރައްވާފައެވެ.

މި މަޝްރޫޢުގައި ހިމެނެނީ 4 ކޮޓަރި، 3 ކޮޓަރި އަދި 2 ކޮޓަރީގެ ޔުނިޓްތައްކަމަށެވެ. އެއީ ޖުމްލަ 1360 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއްކެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ފުރަތަމަ އަޅާނީ 2 ޓަވަރުކަމަށާއި، އެ ފްލެޓްތަކުން ފުރަތަމަ ފުރުޞަތު ދޭނީ މާލެހިޔާއާއި ސިނަމާލޭގައި ދިރިއުޅޭ 128 އާއިލާއަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ބާކީ ހިމެނޭ ހައުސިން ޔުނިޓްތައް ސަރުކާރުން އެހެނިހެން ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ދޫކުރާނެކަމަށް ރައީސް ވިދާޅުވެއެވެ. ސިނަމާލެ ފްލެޓްތަކަކީ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާ ފްލެޓްތަކެކެވެ. އަދި މި އިމާރާތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ބާލެ ހަލާކުވެފައެވެ.

މާލެ ސަރަހާއްދުގައި ކުރިއަށްދާ އިތުރު މަޝްރޫޢުތަކަށް ބަލާއިރު، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4200 ފްލެޓް އަދި ސައުދީ ސަރުކާރުގެ ލޯނު އެހީގެދަށުން 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެވެ.

Advertisement

ކޮމެންޓް