04 މޭ 2025

Advertisement

ކޮމްބެޓް ވެހިކަލް ގެނައީ ހަނގުރާމައެއް ކުރާކަށް ނޫން: ރައީސް

ކޮމްބެޓް ވެހިކަލްތައް ގެނައީ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، އަސްކަރިއްޔާ ވަރުގަދަކުރުމަށް ކަމަށާއި ހަނގުރާމައެއް ކުރާކަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް އަސްކަރިއްޔާ ވަރުގަދަކޮށް ޤާބިލުކަން އިތުރުކުރުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށެވެ. އަދި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރަނީ ކޮންމެހެން ހަނގުރާމައެއް ކުރާކަށް ނޫން ކަމަށާއި އެހެނަސް ފަޚުރުވެރި މިނިވަން ޤައުމެއްގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ކަމަށެވެ. އަދި ޓޭންކަރުތައްވެސް ގެނައީ މި ސަބަބާހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިން ހުރި އުޅަނދުފަހަރު ތެރެއިން ބައެއް އުޅަނދުފަހަރު ރަނގަޅަށް އޮޕަރޭޓުވެސް ނުކުރާ ކަމަށެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިޔު ޚިދުމަތްވެސް އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަމަށްވެސް މަސައްކަތްތަކެއް ކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދު ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި އަދުގެ ހާލަތަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ. އެގޮތުން ކޯސްޓްގަރޑުގެ ގޮތުގައި ބޭނުންކުރާ ބައެއް އުޅަނދުތައް މިހާރު ހުރީ ބޭނުންނުކުރެވޭ ހާލަތުގައިކަމަށް ރައީސް ވިދާޅުވިއެވެ

ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ވައުދެކެވެ.

Advertisement

ކޮމެންޓް