05 މޭ 2025

Advertisement

ވިނަރެސް 1 އަދި 2 ގެ ކޮންމެ އެޕާޓްމަންޓަކުން މާދަމާ ކަރަންޓް ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

މުހިއްމު މަސައްކަތެއް ކުރާތީވެ ވިނަރެސް 1 އަދި 2 ގެ ފްލެޓްތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.

ސޯސަލް މީޑައާގައި ކުރި ޕޯސްޓެއްގައި 05 މެއި 2025 ވާ ހޯމަ (މާދަމާ) ހެނދުނު 9:00ން ހަވީރު 17:00  އާ ދެމެދު ހުޅުމާލެ ވިނަރެސް 1 އަދި 2ގެ ކޮންމެ އެޕާޓްމަންޓަކުން ގާތް ގަނޑަކަށް 30 ހަކަށް މިނެޓް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީވެގެންވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.   

ސްޓެލްކޯއިން ވަނީ މި ވަގުތުތަކުގައި ކަރަންޓު ކެނޑުމުން ދިމާވާނެ އެންމެހާ ދަތިތަކަށް މާފަށް އެދިފައިވެއެވެ.

Advertisement

Advertisement

ކޮމެންޓް