22 މޭ 2025

Advertisement

ލިވަޕޫލްގެ އެކަޑެމީއެއް ރާއްޖޭގައި ހުޅުވަން މަޝްވަރާކޮށްފި

ރާއްޖެ ޑެސްޓިނޭޝަނެއްގެ ގޮތުގައި ވެސް ހަމަޖައްސާފައިވާ އިނގިރޭސިވިލާރުގެ މަޝްހޫރު ފުޓްބޯޅަ ކުލަބް، ލިވަޕޫލް ފުޓްބޯލް އެކަޑަމީއެެއް ރާއްޖޭގައި ލޯންޗުކުރުމުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެެވެ.

އެ މަޝްވަރާ ކުރިއަށް ގެންދިޔައީ އެ ކުލަބުގެ ސީނިއާ ޓީމުގެ އޮފިޝަލުންތަކެއް ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ދަތުރުގެ ތެރެއިން ސްޕޯޓްސް މިނިސްޓަރު ރާފިއުއާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ކުލަބުގެ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރ އާއި އެމްއެމްޕީއާރްސީގެ އިސްވެރިން ވެސް ބައިވެރިވި އެވެ.

ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ލިވަޕޫލްގެ އެހީތެރިކަމާއެކު ފުޓްބޯޅައިގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާއި ގުޅޭ މަޝްވަރާކޮށްފަ އެވެ.

Advertisement

ރާއްޖެ އާއި ލިވަޕޫލް އެފްސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ލިވަޕޫލް އެފްސީގެ ކޯޗުންގެ އިރުޝާދާއެކު ފެންވަރު މަތިކުރުމަށް ތަމްރީނު ފުރުސަތުތައް ހޯދުމާއި ރާއްޖެ އާއި އިނގިރޭސިވިލާތުގައި ވެސް އެތުލީޓުން ޓްރެއިން ކުރުމަށް ފުރުސަތުތައް ފަހިވެގެން ދާނެ އެވެ.

ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކޮށް، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހަރަކާތްތައް ވެސް ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ލިވަޕޫލް އެފްސީން ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާފައިވާ އިރު އެ ކެމްޕޭން އިފުތިތާހުކޮށްފައި ވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމަށް މިދިޔަ އެޕްރީލް 3 ގައި ކުރެއްވި ޒިޔާރަރުގަ އެވެ.

މިއީ ތިން އަހަރާއި ހަ މަސް ދުވަހުގެ ކެމްޕޭނެކެވެ.

Advertisement

ކޮމެންޓް