މިއަދު މެންދުރުފަހު ފޭސް1ގެ ދެ ސަރަހައްދަކުން ކަރަންޓް ކެނޑުން އެކަށީގެންވޭ
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ މިއަދު މެންދުރުފަހު މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.
އެގޮތުން މިއަދު ހުޅުމާލެ ފޭސް 1،ނިރޮޅުމަގު އަދި ޗަންބޭލީމަގު ގޯޅި 7 އަދި 9 ހިމެނޭ ސަރަޙައްދުން މެންދުރުފަހު 14:00 އާއި 15:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީވެގެންވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން ވަނީ މި ވަގުތުތަކުގައި ކަރަންޓު ކެނޑުމުން ދިމާވާނެ އެންމެހާ ދަތިތަކަށް މާފަށް އެދިފައިވެއެވެ.