ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުން ދިން ކަމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ނަސީމީވިލާ، އިސްމާއީލް ސަމީމް (29އ) އެވެ.
ފުލުހުން ބުނި ގޮތުގައި ޗާންދަނީމަގުގައި ހުންނަ ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުން ދިނުމުގެ ސަބަބުން އެސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެ އާއި އެ ސަރަހައްދުގެ ހަތް ގެއަކުން ކަރަންޓު ކެނޑިފައިވެ އެވެ.
ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލްގެ ކޭބަލްތައް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހި މީގެ ކުރިން ބައެއް މީހުން މަރުވެފައިވެސް ވެއެވެ.